
މަސްތުވާތަކެތި އެތެރެކުރި ކަމަށް ބެލެވޭ ބޯޓެއް
މި ދައުރުގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތް
ގުފްތަގް އަޖީރު
25 އޭޕްރީލް 2025 - 22:45:11
މި ދައުރުގައި ޖުމްލަ 1.4 ބިލިއަން ރުފިޔާ އަގުހުރި މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް (ސީޕ) އަލީ ޝުޖާއު ހާމަކުރައްވައިފިއެވެ.
ސީޕީ ވިދާޅުވީ މިހާތަނަށް 9000 އަށްވުރެ ގިނަ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކާއި ކުށްކުރާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމަށް މިދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ކަމަށް ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.
ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މުއްސަނދިކަން ލިބިފައިވާ ގޮތް ބަލައި، އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފެށިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް