
ފަސް ވަޒީރުންނާއި އެކު "އަހާ ފޯރަމް" ބާއްވަން ކުރިން ނިންމާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. އެދުވަހު ފުލުހުންގެ ބޮޑު ޕްރެސްއެއް އޮތުން މިރެޔަށް އަހާ ފޯރަމް ތާވަލުކުރި އެވެ. އެހެންނަމަވެސް މިރެއަށް ތާވަލުކުރި އަހާ ފޯރަމްވެސް މިހާރު ވަނީ ވަކިދުވަހެއް ނެތްގޮތަށް ކެންސަލްކޮށްފަ އެވެ.
މިފަހަރުގެ އަހާ ފޯރަމްގައި ފަސް ވަޒީރަކު އާޢްމުގެ ސުވާލުތަކަށް ޖަވާބު ދޭން ނިންމާފައިވާއިރު އޭގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހްސާންވެސް ހިމެނެ އެވެ.
މިނިސްޓަރު އިހްސާންވެސް ބައިވެރިވާ ނިންމި އާހާ ފޯރަމް ކެންސަލްކޮށްފައި މިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓޯނިއޯ ގެއިން ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެސް ޒުވާނުން މުޒާހަރާކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.
މުޒާހަރާގެ ބައިވެރިން އަންނަނީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވަމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ދައްކަމުން އަންނަ ވާހަކަތައް ދިމާނުވާކަމަށް ގި ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މި މައްސަލާގައި އެންމެ ފުރަތަމަ ފުލުހުން ދެއްކި ވާހަކަތައް ބަދަލުވަމުން އަންނަކަމަށާއި މި ކަމުގައި ވަކި ބަޔަކު ދިފާއުކޮށް އިންސާފަށް ފުލުހުން ހުރަސް އަޅަމުން އަންނަކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.