ads
އަންހެނެއް
ދެމަފިރިން ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް އޭއި ސޮފްޓުވެއާއެއް ތައާރަފްކޮށްފި
ދެމަފިރިން ދެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް އެކްސްއޭއައި ކުންފުނިން "ހާމަނީއޭއައި" ނަމުގައި ސޮފްޓުވެއާއެއް ތައާރަފުކޮށްފިއެވެ.
Advertisement

މި ސޮފްޓުވެއާއަކީ ދެމަފިރިންގެ ދެމެދުގައި އުފެދޭ ދެބަސްވުންތަކާއި ރައުޅުތައް ހައްލުކޮށްދޭ، ވަރަށް އާ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ސިސްޓަމެކެވެ.

މި "ހާމަނީ އޭއައި" ސޮފްޓުވެއާއިން މީހުން ވާހަކަދައްކާ ގޮތާއި، އިހުސާސްތައް ދެނެގަނެ، ކުރިއަށް ދިމާވެދާނެ މައްސަލަތައް ދުރާލާ ހާމަކޮށްދެއެވެ. 

މި ސޮފްޓުވެއާގެ މައިގަނޑު ތަރައްގީކުރި ފަރާތް ކަމަށްވާ ޑރ. އެލެނާ ކާޓާ ވިދާޅުވި ގޮތުގައި މި ސޮފްޓުވެއާއަކީ މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ، ދެމަފިރިންނަށް އެކަށީގެންވާ ހައްލުތައް ހުށަހަޅައިދޭ، އަދި ވަކި ފަރާތަކަށް ޖެހުމެއް ނެތި މައްސަލަތައް ހައްލުކޮށްދޭ ނިޒާމެކެވެ.

ޑރ. އެލެނާގެ އިތުރުން ކައިވެނީގެ ކައުންސިލަރެއް ކަމަށްވާ ޑރ. އަމިތް ރޯއް ވެސް ވިދާޅުވީ އޭއައި ޓެކްނޮލޮޖީއަކީ މައްސަލަތައް ހައްލުކުރުމަށް ރަނގަޅު ވަސީލަތެއް ކަމަށާއި، އެހެން ނަމަވެސް ޓެކްނޮލޮޖީއަށް އެކަނި މުޅިން ބަރޯސާވުމުގެ ބަދަލުގައި އިންސާނީ ގުޅުން އަދި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވުމުގެ ސިފަތައް ވަރަށް މުހިންމު ކަމަށެވެ. 30 ދެމަފިރިއަކާއެކު ހިންގި ޕައިލެޓް ޕްރޮގްރާމުގައި މި ސޮފްޓުވެއާ ބޭނުންކޮށްގެން ފައިސާއާ ގުޅޭ މައްސަލަތަކާއި، ދަރިންގެ ތަރުބިއްޔަތާ ގުޅޭ، އަދި ގޭތެރޭގެ ޒިންމާތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ބެލި ބެލުމުން 85 ޕަސަންޓު ބައިވެރިން ހާމަނީއޭއައި ސޮފްޓުވެއާގެ ހައްލުތަކަށް ރުހި ބަލައިގަތްކަން ވަނީ ފާހަގަކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް