ads
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮޮވާ ޒުވާނުން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން
24 ގަޑިއިރު ނުވޭ، ޕެޓިޝަންގައި ސޮއިކުރި އަދަދު 5000 އިން މަތީގައި
މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މިނިވަން ތަހުގީގެއް ހިންގައިދިނުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
Advertisement

އިއްޔެރޭ ސޮއިކުރަން ފެށި ޕެޓިޝަން މިހާތަނަށް ސޮއިކުރި މީހުންގެ އަދަދު ވަނީ ގާތްގަޑަކަށް 6000 އަރާފައެވެ.

މި ޕެޓިޝަންގައި ވަނީ ހ. ފެންޓޯނިއޯ ގެއިން  ޔުމްނު ވެއްޓުމާއި، ސީސީޓީވީ ފުޓޭޖާއި ހޮސްޕިޓަލުގައި ދިން ފަރުވާ ގުޅޭކަންކަން ބަލާ މިނިވަން ތަހުގީގެއް ހިންގާދިނުމަށް ގޮވާލާފަ އެވެ. 

މީގެއިތުރުން ފުލުހުންނަށް ތަހުގީގުން ހޯދުނު ހުރިހާ ހޯދުންތަކެއް ހާމަކުރުމަށާއި ހެކިތަކާ ކުޅެ ޔުމްނުގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލުކުރަން މަސައްކަތް ކުރި މީހުން އަދުލު އިންސާފު ކުރި މައްޗަށް ގެނެސް އިންސާފު ލިބުން ކަށަވަރު ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ. 

ޔުމްނު ވެއްޓުނު ހާދިސާ އިންސާފުވެރި ތަހުގީގެއް ހިންގާދިނުމަށް ގޮވާލާ ޒުވާނުން އަންނަނީ މުޒާހަރާކުރަމުންނެވެ. ޒުވާނުންގެ މުޒާހަރާތަކަށް 3 ރޭ ވެފައިވާއިރު އެ ޒުވާނުން ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. 

ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއާއި އެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލާ ހައްޔަރުކޮށް އޭނށާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފަ އެވެ. އަދި ޔުމްނު ވެއްޓުނު ރޭ ޒިލާލާ ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފަ އެވެ. 

ފުލުހުން މީގެ ކުރިން ބުނަމުން އައީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތްކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް