ads
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮޮވާ ޒުވާނުން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން
މިނިސްޓަރު އަމީންވެސް ވިދާޅުވީ އިސްތިއުފާދެއްވަން ނުޖެހޭކަމަށް
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ޒުވާނުން އިސްތިއުފާއަށް ގޮވި ނަމަވެސް އިސްތިއުފާދޭންޖެހޭކަށް ގަބޫލު ނުކުރައްވާކަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވެސް ވިދާޅުވެއްޖެއެވެ.
Advertisement

މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައި 7 މީހެއްގެ ފުރުން މަނާކޮށް އެމީހުން ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ. އޭގެެތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރާއި އާއިލީ ގޮތުން ގުޅުން ހުރި މީހުން ހިމެނެއެވެ. އަދި ޔުމްނު ވެއްޓުނު ރޭ އެމީހުން ފުރަތަމަ އުޅުނީ  މިނިސްޓަރު އަމީންގެ ދިރިއުޅުއްވާ ގޭގައެވެ.

ޔުމްނު ވެއްޓުނު ހާދިސާ އިންސާފުވެރި ތަހުގީގެއް ހިންގާދިނުމަށް ގޮވާލާ ޒުވާނުން އަންނަނީ މުޒާހަރާކުރަމުންނެވެ. ޒުވާނުންގެ މުޒާހަރާތަކަށް 3 ރޭ ވެފައިވާއިރު އެ ޒުވާނުން ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. 

މިކަމާއި ގުޅިގެން މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައާއި ގުޅުމެއް ނުވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ހިނގާފައިވާ އެއްވެސް ކަމަކާއި ގުޅުމެއް ނުވާނެކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ. 

އެރޭ ހިނގާދިޔަ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނުވާނެކަމަށް ވިދާޅުވަމުން މިނިސްޓަރު އަމީން ވިދާޅުވީ އިސްތިއުފާދިނުމާއި ދޭތެެރޭ ނުވެސް ވިންނަވާކަމަށެވެ. 

މި މައްސަލާގައި ހޯމް މިނިސްޓަރު އިހްސާންވެސް ވިދާޅުވީ އިސްތިއުފާދޭންޖެހޭ ވަރުކަމެއް ހިނގައިގެން އުޅޭކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއާއި އެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލާ ހައްޔަރުކޮށް އޭނށާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފަ އެވެ. އަދި ޔުމްނު ވެއްޓުނު ރޭ ޒިލާލާ ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފަ އެވެ. 

ފުލުހުން މީގެ ކުރިން ބުނަމުން އައީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތްކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް