ads
ކަމްއު ކަޝްމީރު ސަރަހައްދުގައި ސިފައިން
ޕާކިސްތާނާއި އިންޑިއާއި ދެމެދު ބަޑީގެ ހަމަލާތައް
ޕާކިސްތާނާއި އިންޑިއާއި ދެމެދު ބަޑީގެ ހަމަލާތައް ދެވަނަ ފަހަރަށް ބަދަލުކޮށްފިއެވެ.
Advertisement

ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. 

މި ހަމަލާތައް ބަދަލުކުރެވެމުންދަނީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި ހިންގި ޓެރަރިސްޓު ހަމަލާއަކާ ގުޅިގެންނެވެ. މި މާރާމާރީގައި 26 މީހުން މަރާލިއެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ.

އިންޑިއާއިން ދަނީ މި ހަމަލާއަކީ ޕާކިސްތާނުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ބުނަމުންނެވެ. އަދި އެ ހަމަލާ ދިނީ ޕާކިސްތާނުގެ މިލިޓަރީއާއި އިންޓެލިޖެންސް އިދާރާތަކުގެ ހުއްދައާއެކު ކަމަށް ބުނެއެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުން މި ހަމަލާ ދިން ބަޔަކީ "ދަ ރެސިސްޓަންސް ފްރަންޓް" (ޓީއާރުއެފް) ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ޓީއާރުއެފްއިން ބުނެފައިވަނީ މި ހަމަލާއާ އެ ބައެއްގެ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިއީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ބަޔަކަށް ނުބައި ނަން ގެނައުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ޕާކިސްތާނުން ވަނީ މި ހަމަލާއާ އެ ގައުމުގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިޝާގް ދާރު ވަނީ އިންޑިއާއަށް ގޮވާލާފައި ޕާކިސްތާނުގެ ބައިވެރިވުން އޮތް ކަމުގެ ހެކި ދެއްކުމަށެވެ. އަދި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝަހްބާޒް ޝަރީފް ވަނީ "ހާމަކަން ބޮޑު" ތަހުގީގެއްގައި ބައިވެރިވުމަށް ހުށަހަޅާފައެވެ. މި ދެ ގައުމު ދެމެދު ހިނގަމުންދާ ބަޑީގެ ހަމަލާތަކާ ގުޅިގެން ނިއުކްލިއާ ހަތިޔާރު އެކުލެވޭ ދެ ގައުމު ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު އިތުރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް