ads
ބީއެމްއެލްގެ ސީއީއޯ އެ ބޭންކުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދެއްވަނީ
މުވައްޒަފުންނަކީ ބޭންކުގެ އެންމެ ބޮޑު ރައުސްމާލު: ބީއެމްއެލްގެ ސީއީއޯ
މުވައްޒަފުންނަކީ ބޭންކުގެ އެންމެ ބޮޑު ރައުސްމާލު ކަމަށާއި ބޭންކުގެ ކާމިޔާބީގެ ބިންގާއަކީ މުވައްޒަފުންގެ ހިތްވަރާއި އުފެއްދުންތެރިކަން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ކްރޮސްރޯޑްސްގައި ބޭއްވުނު ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ކާމިޔާބީތަކުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭގައި މުވައްޒަފުންގެ ތަރައްގީއަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމްތައް ތައާރަފްކޮށްފައިވާ ކަމަށެވެ. މި ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށް ވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ގާއިމްކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި ހަފްލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑު ދެވުނެވެ. މީގެ ތެރޭގައި "އެމްޕްލޯއީ އޮފް ދަ އިޔާ" ގެ ޝަރަފުވެރި އެވޯޑާއި، "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" އަދި "ލީޑަރޝިޕް އެކްސެލެންސް އެވޯޑު" ހިމެނެއެވެ.

މި ހަފްލާއިން ފެނިގެންދިޔައީ ބީއެމްއެލްއިން އެ ބޭންކުގެ މުވައްޒަފުންގެ ހުނަރާއި ކާމިޔާބީތަކަށް ދޭ އަހައްމިއްޔަތުކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް