ads
އޭސީޕީ ނަވީން---ފޮޓޯ:ފުލުހުން
ފަރުހާދު އަތުން އަތުލާ އެކްޓިން ކޮމިޝަނަރުކަން ނަވީން
އެކްޓިން ކޮމިޝަނަރުކަމަށް ފަރުހާދު ފިކުރީއާ އައްޔަންކުރުމަށްފަހު އޭނާ އަތުން މަގާމު އަތުލާ އެކްޓިން ކޮމިޝަނަރުކަން އިސްމާއިލް ނަވީން އައްޔަންކޮށްފިއެވެ.
Advertisement

އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ކަމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރުމަށްފަހު ނިންމުން ބަދަލުކޮށްފައި މިވަނީ  ގަޑިއިރެއްގެ ތެރޭގައެވެ.

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލު ކުރިކަން ހޯމް މިނިސްޓަރު، އަލީ އިހުސާން އިއުލާނު ކުރެއްވީ މިރޭ 7:46 ގައެވެ. ނަމަވެސް 8:46 ގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނިންމުން ބަދަލުކޮށް އެކްޓިން ޕޮލިސް ކޮމިޝަރަކަށް ނަވީން އައްޔަނުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ނިންމުން ބަދަލު ކުރި ސަބަބެެއްކަމަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުޤީގެކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީންކަމަށް ވުންކަމަށެވެ. އެހެންކަމުން ކަމިޝަނަރު އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން ކަނޑައަޅައިފިކަމަށް އިހްސާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް