ads
ބިދޭސީއަކު ހައްޔަރުކުރަނީ
2,400 އަށްވުރެ ގިނަ ބިދޭސީންގެ މައްސަލަ ބަލަނީ
ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިވަގުތު 2,400 އަށްވުރެ ގިނަ ބިދޭސީންގެ މައްސަލަ ބަލަމުންދާ ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މިޒްހަތު ނައީމް ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިޒްހަތު ވިދާޅުވީ، މިވަގުތު ގާތްގަނޑަކަށް 2,457 މައްސަލަ ބަލަމުންދާ ކަމަށާއި، މިނިސްޓަރުގެ އެންގެވުމަށް، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި މި މައްސަލަތައް ނިންމައި، ބިދޭސީންގެ ކަންތައް ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެލްއާރްއޭ އިން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ބިދޭސީން ގެއްލިގެން ރިޕޯޓްކޮށްފައިވާ މައްސަލަތައް ކަމަށް އެ އޮތޯރިޓީން ބުނީއެވެ. މިފަދަ މައްސަލަތަކުގައި ބިދޭސީން ފިލައިގެން ދިއުމަށް މެދުވެރިވި ސަބަބުތައް ބަލައި، ގަވާއިދުގެ ތެރެއަށް ބިދޭސީން ވެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނީއެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެލްއާރްއޭ ވެސް ބައިވެރިވަމުންދާ ކަމަށް މިޒްހަތު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާއިރު، ސަރުކާރުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަ ކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު ދީފައިވެއެވެ. މި މުއްދަތުގައި މައުލޫމާތު އަދާހަމަ ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް