ads
ޔުމްނު ފުރުވާލަން އެއާޕޯޓްގައި
އާއްމުން ކުޑައިރުކޮޅެއްތެރޭ ޔުމްނު ފަރުވާއަށް 7 ލައްކަ ރުފިޔާ
ހ. ފެންޓޯނިއޯ ގޭ ފުރާޅު މައްޗަށް ވެއްޓި ހާލު ސީރިއަސްވެސް ފަރުވާ ހޯދަމުން އަންނަ ހައްވާ ޔުމްނު ރަޝީދުގެ ބޭސްފަރުވާއަށް އާއްމުން އުފަލާއި އެކު ފައިސާގެ އެހީތެރިކަން ދީފިއެވެ.
Advertisement

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާގައި ދިނުމަށް 57،000 އަށް ވުރެ ގިނަ ޑޮލަރުބޭނުންވާކަމަށް އާއިލާއިން ބުންޏެވެ. އޭއީ ބޭންކު ރޭޓުން ބަލާނަމަ  878،940 ރުފިޔާއެވެ.

މި ފައިސާ އާއިލާއިން ހަމަޖައްސަން ޖެހުނީ ޔުމްނުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސާދެވެން ނެތްކްމަށް ބުނުުމުންކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެހެންނަވެސް ޔުމްނުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސާދޭނެކަމަށް އިއްޔެ ސަރުކާރުން ބުނިކަމަށް އާއިލާއިން ބުނެއެވެ.

ޔުމްނުގެ ބޭސްފަރުވާއަށް އެކި ޕްލެޓް ފޯމުތަކުގައި ހިންގި ހަރަކާތްތަކުން ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފައެވެ. އެގޮތުން ޓިކް ލައިވްއެއް މެދުވެރިކޮށް ދެ ގަޑިއިރާއި ބައިގެ ތެރޭގައި ވަނީ ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައެވެ. 

މި ލައިވް ކުރިޔަށް ގެންގޮސްފައިވަނީ ޝެހެނާޒް މޫސާ އެވެ. އޭނާގެ މި ލައިވްގައި ޔުމްނު އެއްބަނޑު އެއްބަފާ ދައްތަވެސް ލައިވްގައި ބައިވެރިއެވެ.

2 ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި މި ލައިވުން 735،367.16 ރުފިޔާ ވަނީ ހަމަކޮށްފައެވެ. އެގޮތުން ރުފިޔާގެ ގޮތުގައި 565،501.21 ރުފިޔާ އާއި 11،015.95 ޑޮލަރު ވަނީ ހަމަކޮށްފައެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް