ads
ނަޝީދު -- ފޮޓޯ/ ޑިމޮކްރެޓްސް
ޕޮލިސް ކޮމިޝަނަރު ކަމުން ޝުޖާއު އިސްތިއުފާދިނުމުން, ނަޝީދު މަރުހަބާ ކިޔައިފި
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުޖާއުއަށް މަރުހަބާ ދަންނަވައިފިއެވެ. ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިރޭއެވެ.
Advertisement

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކަމަކާ ޒިންމާނަގަން، ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ. އަދި އަބަދުވެސް އިސްކަންދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށް ނަޝީދު ވަނީ ލިޔުއްވާފައެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން ވަނީ ވަގުތީ ގޮތުން އައްޔަން ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޝުޖާއު އިސްތިއުފާދެއްވީ މިމަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް