ads
ކަޝްމީރުގައި އުޅޭ ޓަރަރިސްޓެއްގެ ގެ ގޮއްވާލަނީ
ކަޝްމީރު ހަމަލާ ދިން ޓެރަރިސްޓުންގެ ގެތައް އިންޑިއާއިން ބޮން އާޅާ ގޮއްވައިފި
ކަޝްމީރުގައި ޓެރަރިޒަމް ހުއްޓުވުމަށް އިންޑިއާއިން ޝައްކުކުރެވޭ މީހުންގެ ގެތައް ގޮއްވާލުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

މިގޮތުން އެންމެ ފަހުން ކުޕްވާރާ ސަރަހައްދުގައި ހުރި ލަޝްކަރް-އީ-ތޮއިބާގެ މެންބަރެއް ކަމަށް ބެލެވޭ ފަރޫގް އަހުމަދު ތަދްވާގެ ގެ ވަނީ ގޮއްވާލާފައެވެ. 

މި އޮޕަރޭޝަނަކީ ޕަހަލްގާމްގައި 26 މީހުންގެ މަރައިލި ހަމަލާއަށްފަހު، ޓެރަރިސްޓުންނާ ދެކޮޅަށް ފެށި އަޅަން ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.

އިންޑިއާގެ ސެކިއުރިޓީ ބާރުތަކުން ހިންގި މި ރެއިޑުގައި ހަތިޔާރާއި ޓެރަރިޒަމާ ގުޅުންހުރި ލިޔެކިޔުންތައް ހޯދާފައިވާކަމަށް ބުނެއެވެ.

ޕަހަލްގާމް ހަމަލާއަށްފަހު މިއީ ޕުލްވާމާ، ޝޮޕިއާން އަދި ކުލްގާމް ފަދަ ސަރަހައްދުތަކުގައި ޓެރަރިޒަމާ ގުޅުންހުރި 10 މީހުންގެ ގެ މިގޮތަށް ގޮވާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

ތަދްވާ މިހާރު ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރު ސަރަހައްދުގައި ހުރިކަމަށް ބެލެވޭއިރު، އޭނާގެ ގެ ވައްޓާލީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައެވެ.

މި އޮޕަރޭޝަންތަކާ ގުޅިގެން ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ ދެމެދު ހަލަބޮލިކަން އިތުރުވެފައިވެއެވެ.

އިންޑިއާއިން ޕަހަލްގާމް ހަމަލާގައި ޕާކިސްތާނުގެ އެހީތެރިކަން ލިބިގެން ލަޝްކަރް-އީ-ތޮއިބާގެ ގޮތްޕެއް ކަމަށްވާ ކަޝްމީރު ރެސިސްޓަންސް ބައިވެރިވިކަމަށް ތުހުމަތުކުރާއިރު، ޕާކިސްތާނުން އެކަން ދޮގުކޮށް ވަނީ މިނިވަން ތަހުގީގަކަށް ގޮވާލާފައެވެ. 

ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތައް ހުއްޓާލުމާއެކު، މޯޓަރު ބަޑީގެ ހަމަލާތައްވެސް ދެފަރާތުން އަންނަނީ ބަދަލުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް