ads
އުރީދޫ ނޭޝަން އަދި ޑްރެގަން ޒޯން ގުޅިގެން ބޭއްވި ޖީޓީ7 ލެޖެންޑްސް ސާކިޓް ސީޒަން 1 ނިމިއްޖެ
އުރީދޫ ނޭޝަން އަދި ޑްރެގަން ޒޯން ގުޅިގެން ބޭއްވި ޖީޓީ7 ލެޖެންޑްސް ސާކިޓް ސީޒަން 1 ނިމިއްޖެ
އުރީދޫ ނޭޝަން އަދި ޑްރެގަން ޒޯން ގުޅިގެން ބޭއްވި ޖީޓީ7 ލެޖެންޑްސް ސާކިޓް ސީޒަން 1 ކާމިޔާބުކަމާއެކު ނިމުމަކަށް އައިސްފިއެވެ.
Advertisement

ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސްގެން ކުރިއަށް ގެންދެވުނު މި މުބާރާތުގައި 15 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. 5,000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ގެންދެވުނު މި މުބާރާތުގައި މުހައްމަދު މާއިޝް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު މާއިޝްއަށް 2,500 ރުފިޔާ ލިބިފައިވާއިރު، ދެވަނައަށް ދިޔަ މުހައްމަދު ޔޫހަށް 1,500 ރުފިޔާ ލިބިފައިވެއެވެ. އަދި ތިންވަނައަށް ދިޔަ އަޔާން އަހުމަދަށް 1,000 ރުފިޔާ ލިބިފައިވެއެވެ. މި ތިން ކުޅުންތެރިންނަކީ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފައިވާ ކުޅުންތެރިންނެވެ.

ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ސީޒަން ދޭއްގެ މައުލޫމާތު އުރީދޫ ނޭޝަން އަދި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެކަމަށް ބުނެފައިވެއެވެ. ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15,000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށެވެ. މި މުބާރާތަކީ ރާއްޖޭގައި ސިމް ރޭސިންގ ކުރިއެރުވުމަށް އުރީދޫ ނޭޝަން އަދި ޑްރެގަން ޒޯން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް