ads
ޔުމްނުގެ ހައްގުގައި މިރޭ ކުރިއަށްދާ މުޒާހަރާގެ ތެރެއިން: ފޮޓޯ ހަތޫ ޓުވިޓާ
ޔުމްނު ވެއްޓުން؛ 6 ދުވަސްފަހުން ބެލި ތަންތަނުން އެއްޗެއް ނުފެނުނު
ބުރުޒުމަގުގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން ބަލާފާސްކުރި އެއްވެސް ތާކުން އެ މައްސަލައާއި ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ހ. ފެންޓޯނިއާގެއިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅުމަޢްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިމަހުގެ 18 ވަނަދުވަހު ހެނދުނުގެ ވަގުތެއްގައެވެ. 

މި މައްސަލާގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ޔުމްނު ވެއްޓުނު ރޭ އޭނާ އުޅުނުކަމަށް ބެލެވޭ ތަންތަންކަން ތަހުގީގަށް ފާހަގަވި ތަންތަންތަނެވެ. އޭގެތެރޭގައި އެރޭ އެމީހުން ކުރިން ޕާޓިކުރި ކަމަށް ބުނާ ތަންތަންވެސް ހިމެނެއެވެ. 

ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަލާ ފާސްކުރި އެއްވެސް ތާކުން މައްސަލައާ ގުޅުންހުރި އެއްޗެއް ފެނިފައެއް ނުވާކަމަށެެވެ. 

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި އެރޭ ޔުމްނު އާއި އެކު އުޅުނު ރައުދު ހައްޔަރުކޮށް އޭރޭ އެމީހުން އެކުގައި ޕާޓީކުރިތަން ތަން ބަލާ ފާސްކުރަން ނިންމީ ސަރުކާރަށް ފިނަ ބަޔަކު ފާޑުކިޔާ ޒުވާނުން މަގުމައްޗަށް ނުކުތުމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް