އެކިކަންކަމަށް އާއްމުކޮށް ފާޑުކިޔާ ލަވަތައް ހަދަމުން އަންނަ "ސިމްބޮލިކް ރެކޯޑްސް" މި ފަހަރުގެ ލަވަ ވަނީ ވެރިކަމުގެ ސިސްޓަމަށް ފާޑުކިޔާފައެވެ.
އެގޮތުން ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ކަންކަމަށް ވަރަށް ބޮޑަށް މި ލަވަވައިގައި ފާޑުކިޔާފައިވެއެވެ.
ދިވެހި ހިޕްހޮޕް އަދި ރެޕް މިއުޒިކް ލޭބަލް "ސިމްބޮލިކް ރެކޯޑްސް" ގެ ލަވަތަކަކީ ގިނަ ޒުވާނުންނަށް ކަމުދާ ލަވަތަކެވެ. އެގޮތުން އެ މީހުންގެ "ކޯވަރެއް" އަލްބަމްގެ ޓައިޓްލް ލަވަ ޔޫޓިއުބުން މިލިއަނަކަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ.
2021 ވަނަ އަހަރުގެ ޖެނުއަރީމަހު ނެރުނު މި އަލްބަމަށް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;