
މި ތަރައްގީގެ މަޝްރޫއުގައި 3އޮން3 ބާސްކެޓްބޯލް ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ހިމެނޭނެއެވެ. އަދި މީގެ އިތުރުން އައުޓްޑޯ ޖިމަކާއި ކުޑަކުދިން ކުޅޭ ސަރަހައްދެއްވެސް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ޕާކްގެ ތަރައްގީގެ މަޝްރޫއުގައި ޕްލާޒާއަކާއި ރާޒުވާ ކުޅެވޭނެ ސަރަހައްދެއްވެސް ހިމެނޭނެއެވެ. މި މަޝްރޫއަކީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މި ތަރައްގީއާއެކު ޕާކަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ތަނަކަށް ވެގެންދާނެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މޭ 8 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އަގު ހުށަހަޅަންޖެހޭނެއެވެ. މި ތަރައްގީއާއެކު ގަލޮޅު ސިޓީ ޕާކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދާނެއެވެ.