ads
ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން
މިދިޔަ އަހަރު 6000 އަށްވުރެ ގިނަ ކުދިން ތެލެސީމިއާއަށް ސްކްރީންކޮށްފި
މިދިޔަ އަހަރު ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭންގެ ދަށުން 6000 އަށްވުރެ ގިނަ ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މި ކެމްޕޭންގެ ދަށުން 124 ސްކޫލަކުން ޖުމްލަ 6765 ދަރިވަރުން ސްކްރީންކޮށްފައިވާއިރު، މިއީ ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ގައުމީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ފެށިގެން ދިޔައެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ އަރަބިއްޔާ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. އަދި މީގެ އިތުރުން ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަންތަކުގައި 9976 ފަރާތުން ބައިވެރިވެފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ތެލެސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށްޓަކައި ސަރުކާރުން އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންދެއެވެ. މީގެ ތެރޭގައި ތެލެސީމިއާ ބަލި ކަށަވަރުކުރުމަށް ބޭނުންވާ ޑީއެންއޭ ޓެސްޓް ސަރުކާރު ހޮސްޕިޓަލްތަކުގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މާބަނޑުވުމާ ގުޅިގެން ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ "ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް" ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތްތަކަކީ ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް