
މެޓް އޮފީހުން ބުނީ ކުރިޔަށް ޮއތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ްގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަށެވެ.
މެޓްއިން ވަނީ މިހާރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. އެލާތްގެ ވަގުތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާލާއިރު އުތުރުގެ އަތޮޅުތަކަށް ހުޅަނގާ ހުޅަނގު އުތުރުން ވައި ޖެހޭނީ ގަޑިއަޑު ފަސް މޭލާއި 15 މޭލުގެ ބާރު މިނުގައެވެ. އަދި މެދުރާއްޖެތެރެއާ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާލުރެއެވެ. އަދި، ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.