ads
ޕާޓީއެއް: ފޮޓޯ ޕްރީޕިކް
އެންޑީއޭގެ އިންޒާރު: ޕާޓީ ޑްރަގް ބޭނުންކުރުމަކީ ފުރާނަ ގެއްލުމުގެ ނުރައްކާ އޮތްކަމެއް
ޕާޓީ ޑްރަގް ބޭނުންކުރުމަކީ ފުރާނަ ގެއްލުމުގެ ނުރައްކާ އޮތް ކަމެއްކަމަށް ބުނެ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ރައްޔިތުންނަށް އިންޒާރު ދީފިއެވެ.
Advertisement

އެންޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޕާޓީ ޑްރަގާއި އޭގެ ބާވަތްތައް ފެތުރިފައިވަނީ ގިނަ ބަޔަކު އެއީ ރައްކާތެރި އެއްޗެއްކަމަށް ދެކިގެން ކަމަށެވެ. ނަމަވެސް ހަގީގަތުގައި މިއީ ފުރާނައަށް ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

ޒުވާނުންގެ މެދުގައި މިފަހުން މަޝްހޫރުވެފައިވާ ޕާޓީކުރުމުގެ ސަގާފަތުގެ ސަބަބުން ގިނަ ބަޔަކު މިފަދަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާކަމަށް އެންޑީއޭއިން ފާހަގަކޮށްފައިވެއެވެ. ގިނަ މީހުން މިފަދަ މަސްތުވާތަކެތި ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން ކަމަށް ދެކިގެން ނަމަވެސް، އެކަމުގެ ސަބަބުން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުވެ، ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވާކަން ވެސް އެންޑީއޭއިން ފާހަގަކޮށްފައިވެއެވެ.

މާލޭ ސަރަހައްދުގައި ކަންބޮޑުވާ މިންވަރަށް މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި މިކަމުގައި ޒުވާނުނާއި ކުޑަކުދިން ވެސް ހިމެނޭކަން އެންޑީއޭއިން މިއަހަރުގެ ފެބްރުވަރީ 25 އިން މާޗް 25 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން އެނގިފައިވާކަމަށް ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައުގެ އެހީތެރިކަމާއި ބައިވެރިވުން ލިބިގެން މެނުވީ ހައްލުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ، މި މައްސަލަ ހައްލުކުރުމަށް އާންމުންގެ އެހީތެރިކަމަށް އެންޑީއޭއިން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް