ads
މަސްވެރިންނަށް ލޯނު ދޭން ބީއެމްއޭލްއާއި އެކު މިނިސްޓްރީން ސޮއިކުރަނީ
މަސްވެރިންނަށް އަންނަ މަހުގެ 1 ވަނަދުވަހުން ފެށިގެން ބީއެމްއެލްއިން ލޯނު ލިބޭނެ
މަސްވެރިންނަށް އަންނަމަހުގެ 1 ވަނަދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ލޯނާއި ފައިނޭންސިން ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި އެކު ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. 

މިނިސްޓްރީން ބުނީ ބީއެމްއެލް ފައިނޭންސް ހިދުމަތް މަސްވެރިންނަށް ލިބޭނީ  މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތްކަކަށް ކަމަށެވެ. 

ބީއެމްއެލްއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ހޯމް ލޯން ފަދަ ތަފާތު ކްރެޑިޓް ފެސިލިޓީތައް ލިބިގެންދާނެކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ފައިނޭންސިންއަށް ފައިސާ ދެއްކުމުގެ ޝެޑިއުލްތައް ތަރުތީބުކުރާނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހިމަނައިގެންކަމަށް ބީއެމްއެލްއިން ބުނެއެވެ.  

your imageމަސްވެރިންނަށް ލޯނު ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

ބީއެމްއެލުން ބުނީ ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނެގޭނެކަމަށެވެ.

މަސްވެރިންނަށް ބޭންކު ލޯނު ލިބޭނެ މަގުފަހި ކުރުމަކީ ރައީސް ޑރ. މުހައްމަދު މުިއއްޒުގެ ވައުދެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް