
ރައުދު
ތަހުގީގަށް ރައުދު އަންނަނީ އެއްބާރުލުން ދެމުން: ފުލުހުން
މުހައްމަދު އާދަމް އަހްމަދު
28 އޭޕްރީލް 2025 - 15:19:18
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ތަހުގީގަށް އެއްބާރުލުން ދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.
މިމަހުގެ 18 ވަނަދުވަހު ޔުމްނާ ވެއްޓުނު ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު ޒިލާލް ހައްޔަރުކުރީ ހަދިސާ ހިނގިތާ 6 ދުވަސްފަހުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ފުލުހުން ރައުދު ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުލިބޭކަމަށް ބުނެއެވެ.
ރައުދުގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާދީފައެވެ. މިހާރު އޭނާ ބަންދުގައި ހުންނަތާ މިވަނީ ހަތަރު ދުވަސްވެފައެވެ.
ފުލުހުން ބުނީ ރައުދު މިހާރު ތަހުގީގަށް އެއްބާރުލުން ދެމުން އަންނަކަމަށެވެ.
ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި ބަންދުކޮށްފައިވާ ރައުދުގެ މައްޗަށް ކޮންމެވެސް ވަރެއްގެ ހެކި އެބަހުރިކަމަށް ފުލުހުން ވަނީ ބުނެފިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް