ads
ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ ކުރަމުންދާ އިހްތިޖާޖު
ރިޔާސީ ކޮމިޝަނަށް ބަދަލު، އަންހެނުންވެސް ހިމަނާ ޖުމްލަ 5 މެމްބަރުން
ހ. މީޓާޒް ފުރަޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބަދަލު ގެނެސް މެމްބަރުން އިތުރުކޮށްފިއެވެ.
Advertisement

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް މިއަދު ވަނީ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ. 

ކޮމިޝަން އުފެއްދިތާ ދެދުވަސް ވަނިކޮށް ހަބީބު އިސްތިއުފާދެއްވީ ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްއާއި އާއިލީ ގުޅުން އޮންނާތީއެވެ.  

ހަބީބު އިސްތިއުފާދެއްވުމުން ރައީސް ޑރ. މުއިއްޒު މިވަނީ ކޮމިޝަނަށް ބަދަލު ގެންނަވާ އަލުން އެ ކޮމިޝަން އެކުލަވާލާފައެވެ. ކުރިން ކޮމިޝަންގައި ހުސް ފިރިހެނުން ތިބުމުން އަމާޒުވި ފާޑުކިޔުންތަކާއި ހެދި ކޮމިޝަން ބަދަލުކުރެއްވި އިރު އަންހެން މެމްބަރުންވެސް މި ފަހަރު ވަނީ ހިމަނުއްވާފައެވެ. 

ޔުމްނު ވެއްޓުނު މައްސަލަ ބަލަން އަލަށް އެކުލަވާލި ރިޔާސީ ކޮމިޝަން މެމްބަރުން 

  1. ޑރ. މުހްއްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
  3. ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އާމިނަތު އީނާސް، ހ. ހަބަރު

މި ބަދަލާއިއެކުވެސް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓާޏި ޑރ. މުހައްމަދު މުނައްވަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ. 

your imageރިޔާސީ ކޮމިޝަނަށް ފަހުން އައްޔަންކުރެއްވި 3 ބޭފުޅުން. ޑރ. މުރާދު، ޖަބީން (މ)، އީނާސް

21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާކުރަމުން އަންނަތާ 4 ރޭ ވެފައިވެސް ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް