ads
ރައީސް ނަޝީދު އަންބާނީގެ ވެޑިން ހަފްލާގައި
އިންޑިއާއި ޕާކިސްތާނުން ފެށި ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ: ރައީސް ނަޝީދު
އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ފެށިފައިވާ ހަނގުރާމައިން ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ނަޝީދު ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ފުރިހަމަ ހަނގުރާމައެއް ފެށިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދެކުނު އޭޝިއާ، އިންޑިއާ ކަނޑު އަދި ރާއްޖެއަށް ބޮޑެތި ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ. 

"ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި އިގްތިސާދަށް ކުރާނެ އަސަރުތަކަށް ތައްޔާރުވާން ޖެހޭ،" ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ހިނގަމުންދާ ހަނގުރާމަ ފެށިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ދިން ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާގައި 26 މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އިންޑިއާގެ ޓޫރިސްޓުންނެވެ. އިންޑިއާއިން ވަނީ މި ހަމަލާއާ ގުޅިގެން ޕާކިސްތާނަށް އިލްޒާމު އަޅުވާފައެވެ. އަދި މިކަމާ ގުޅިގެން އިންޑިއާއިން ވަނީ 1960 ގެ އިންޑަސް ވޯޓާ ޓްރީޓީ ހިފަހައްޓައި، ޕާކިސްތާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ދަށްކޮށް، ޕާކިސްތާނުގެ ޑިޕްލޮމެޓުން ބޭރުކޮށް، ބޯޑަރު ކްރޮސިން ބަންދުކޮށްފައެވެ. މީގެ އިތުރުން، މިމަހަ 24 އަދި 25 ވަނަ ދުވަހު ދެ ގައުމުގެ ސިފައިން ކަޝްމީރުގެ ކޮންޓްރޯލް ލައިން ކައިރީގައި ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. 

އެމެރިކާއިން ވަނީ ދެ ގައުމަށް "ޒިންމާދާރު ހައްލެއް" ހޯދުމަށް އިލްތިމާސްކޮށްފައެވެ. ޗައިނާ އަދި އީރާނުން ވެސް ވަނީ ހަމަޖެހުމަށް ގޮވާލާފައެވެ. ކަޝްމީރަކީ 1947 އިން ފެށިގެން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ބެހިފައިވާ ސަރަހައްދެއް ކަމުން، މި ސަރަހައްދަކީ ދެ ގައުމުގެ ދެމެދު ހަނގުރާމަވެރި ހާލަތެއް އުފެދޭ މައި ސަބަބުކަމުގައި ވަނީވެފައެވެ. 

ނިއުކްލިއާ ހަތިޔާރު ގެންގުޅޭ މި ދެ ގައުމުގެ ދެމެދު ހިނގާ ހަނގުރާމައަކުން ދުނިޔެއަށާއި ރާއްޖެއަށް ކުރާނެ އަސަރުތަކާމެދު ކަންބޮޑުވުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް