ads
ޝައްމާން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
ޝައްމާންގެ ބަންދު މައްސަލައިގެ ހުކުމް މާދަމާ
މަގާމުގެ ނުފޫޒު ބޭނުންކުރިކަމަށް ބުނެ ކުއްލިއަކަށް މަގާމުން ވަކިކޮށް ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ބަންދުކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
Advertisement

މިދިޔަ މަހުގެ 21 ވަނަދުވަހުގެރޭ ޝަމްއާން ވަހީދު ހައްޔަރުކޮށް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެެއްޓުމަށް މުއްދަތު ޖަހައިފައެވެ. 

ޝައްމާންގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް ނިންމާލީ މިދިޔަ ބުދަދަުވަހުއެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން، ޝައްމާންގެ މައްސަލަ ކުރިއަށް ގެންދިޔައިރު، ދެ ދުވަހެއްގެ މަތިން ތިން ގަޑިއިރަށްވުރެ ގިނައިރު، ޝައްމާންގެ ހައްޔަރާ ގުޅިގެން ކޯޓުގައި ދެފަރާތުން ވަކާލާތުކުރިއެވެ. 

ޝަމްއާން ވަހީދު އާއިމެދު ފުލުހުން އަމަލު ކުރަނީ، މީގެ ކުރިން އެއްވެސް މީހަކާއިމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ފަރާތުން ހައިކޯޓުގައިވަނީ ބުނެފައެވެ. 

ހައިކޯޓުގައި މިމައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ. 

ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ. އެހެންނަމަވެސް މި ވާހަކަތައް ފުލުހުންގެ ކަންކަން ބަލަހައްޓާ ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ދޮގުކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް