ads
ހޮމް މިނިސްޓަރު އިހްސާނާއި ކުރީގެ ކޮންޓްރޯލާ ޝައްމާން
ޝައްމާން ފްރޭމެއެއް ނުކުރޭ، ފިޔަވަޅު އެޅީ ގާނޫނާ ހިލާފުވީމައި: އިހްސާން
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކޮށްފައިވަނީ ޕްރޭމްކޮށްގެން ނޫންކަމަށާއި އެއްޗެސް ޒާތީ މައްސަލައެއް އޭނާއާ ނެތްކަމަށް ހޯމް މިނިސްޓާރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް ހައްޔަރުކުރީ މިދިޔަ މަހު 22 ގައެވެ. އެއަށްފަހު އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ކޯޓުން ވަނީ ބަނދު ޖަހާފައެވެ.

ޝަމްއާން ވަހީދު މަގާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރީ ހޯމް މިނިސްޓަރު އަލީ އިހުސާނާ ދެމެދު ޒާތީ މައްސަލައެއް ޖެހިގެންކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ މިއަދު މަޖިލީހުގައި މިނިސްޓަރު އިހްސާން ވަނީ ވާހަކަ ދައްކަވާފައެވެ. 

މިނިސްޓަރު އިހްސާން ވިދާޅުވީ ޝައްމާން އިމިގްރޭޝަންގައި މަސައްކަތްކުރިއިރު ދެމީހުންގެ ގުޅުން ވަރަށް ރަނގަކަމަށެވެ. އެގޮތުން ސަރުކާރުގެ ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ޝަމްއާންއާ އެކު ކުރަމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އޭގެ ސަބަބުން ޝަމްއާންއާ އެކު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝައްމާން ހައްޔަރުކޮށްފައިވަނީ ފްރޭމްކޮށްގެންކަމަށް ބުނާތީ އެކަން އަމިއްލަފުޅަށް ބެއްލެވިކަމަށެވެ. އެހެންނަމަވެސް ޝައްމާން ހައްޔަރުކުރީ ފްރޭމްކޮށްގެން ނޫންކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ "ހަގީގަތުގައި" ވެސް ގާނޫނާ ހިލާފު ކަންކަންކޮށް ގާނޫނާ ތައާރަޒުވި ހިސާބުންކަމަށެވެ. 

އެހެންވީމަ ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެކަމަށާއި އެއީ އެމަނިކުފާނު ވިޔަސް އަދި މަޖިލީހުގެ މެމްބަރެއް ވިޔަސް އެއީ އެކަން އޮންނާނެގޮތްކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

"އަދުގެ ސަރުކާރުން އެއްވެސް މީހަކު އެއްވެސް ހިސާބަކުން ގާނޫނާ ތައާރުޒުވާ ހިސާބަކުން އެ ބޭފުޅަކަށް އަޅުގަނޑުމެން އިސްތިސްނާ ހާލަތެއް ނުއެއް ދޭނަން. އެކަން ރައީސް މުއިއްޒު ގެންދަވަނީ ސާބިތުކަމާ އެކު އަޅަމުން،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓާރު އިހްސާން ވިދާޅުވީ ޝައްމާން މައްސަލާގައި މާދަމާ ފުލުހުން ތަފްސީލުތައް ހާމަކުރާނެކަމަށެވެ. 

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުން ވަކިކުރި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ގެއިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއާއި އެތައް ހާސް ޑޮލަރެއް ފެނިފައިވާކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް