
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. މި ދޯނީގައި 5 މީހުން ދަތުރުކުރިކަމަށާއި އެމީހުންގެވެސް ހަބަރެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ދޯނިން ދަތުރުކުރި 5 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ދެ ބިދޭސީންކަމަށް ފުލުހުން ބުނެއެވެ. އަދި މި ދޯނި ގެއްލުނީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށްކަމަށްވެސް ފުލުހުން ބުނެއެވެ.
މި ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 2:40 ގައި ކަމަށާއި އެއިރު ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށް ކެޕްޓަން ބުނިކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ ފަހުން ދޯންޏާއި އެެއްވެސް ވަރަކަށް ނުގުޅޭކަމަށްވެސް ފުލުހުން ބުނެއެވެ.
އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާޑުން މި ދޯނު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދެއެވެ.