ads
ތިލަފުށި
ތިލަފުށީގައި ކްލިނިކެއް ހިންގަން ޔުނިޓެއް ކުއްޔަށް ދޭން އެޗްޑީސީން ހުޅުވާލައިފި
ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޔުނިޓެއް ކުއްޔަށް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
Advertisement

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 22، 2025 ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން އެދިފައިވެއެވެ. 

އެޗްޑީސީން ހުޅުވާލާފައިވާ ޔުނިޓަކީ ތިލަފުށީގައި ހުރި 669.30 އަކަފޫޓުގެ ބޮޑުމިނުގެ ޔުނިޓެކެވެ. މި ޔުނިޓުގެ ނަންބަރަކީ ޓީއެލްސީ-ޖީ-01 އެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދެވިފައިވާ އިރުޝާދާ އެއްގޮތަށެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން މެއި 4، 2025 ގައި ޒޫމް މެދުވެރިކޮށް ޕްރީ-ޕްރޮޕޯސަލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެއި 7، 2025 ގެ ކުރިން ސުވާލުތައް ހުށަހެޅުމަށާއި، މެއި 12، 2025 ގައި އެ ސުވާލުތަކަށް ޖަވާބު ދެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް www.hdc.mv އަދި properties.hdc.mv އިން ލިބެން ހުންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް