ads
ކަނޑުވެފައިވާ ކަނބަޅިތައް މަސްވެރިން ނުކުމެ ސަލާމަތްކުރަނީ
ޔަމަނުގެ މަސްވެރިން ނުކުމެ ކަނޑުވެފައި ތިބި ކަނބަޅިތަކެއް ސަލާމަތްކޮށްފި
ޔަމަނުގެ ގިނަ އަދަދެއްގެ މަސްވެރިން ރަތް ކަނޑުގައި ކަނޑުވެފައި ތިބި އެތައް ސަތޭކަ ކަންބަޅިތަކެއް ބުރަ ސަލާމަތްކަތުން ސަލާމަތްކޮށްފިއެވެ.
Advertisement

މިދިޔަ ހޮނިހިރު ދުވަހު ޔަމަނުގެ އަދަން ކަނޑުގައި ކަންބަޅި އުފުލަމުންދިޔަ މުދާ އުފުލާބޯޓަކުން ގިނައަދަދެއްގެ ކަނބަޅި ވަނީ ކަނޑަށް ވެއްޓިފައެވެ. 

ނަމަވެސް، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ މަސްވެރިން ވަނީ ކަނޑަށް ވެއްޓުނު އެތައް ސަތޭކަ ކަނބަޅިއެއް ސަލާމްތޮށްފައެވެ. 

ހާދިސާގައި 160 އަށްވުރެ ގިނަ ކަންބަޅި މަރުވެފައިވެއެވެ.

ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދިޔަ މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ. ވީޑިއޯތަކުގައި ކުދި ކުދި ޑިންގިތަކުގައި މަސްވެރިން، ކަންބަޅިތައް ނަގައި ސަލާމަތްކުރަމުންދާ މަންޒަރު ފެންނަން ހުއްޓެވެ. ކަންބަޅިތަކަށް ފަތަން އެނގުނު ނަމަވެސް، އެ ޖަނަވާރުތަކުގެ ގައިގައި އޮންނަ ހުންނަ ބޯ ކެހެރިގަނޑު ފެންގަނޑުގައި ތެމުމުން ބަރުވެ، ފަތަން ދަތިވާކަމަށް މާހިރުން ބުނެއެވެ.

މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހު އިނގިރޭސިވިލާތުގެ ނޯތަމްބަލޭންޑްގައި ހިނގި މިފަދަ އެހެން ހާދިސާއެއްގައި ވެސް ބަނޑުބޮޑު ކަންބަޅިއެއް ކުއްތާއެއްގެ ސަބަބުން ކަނޑަށް ފުންމާލުމުން ހޯވިކް ކޯސްޓްގާޑް ރެސްކިއު ޓީމުން ސަލާމަތްކޮށްފައިވެއެވެ. މި ކަންބަޅީގެ މޫނުގައި ދަތުގެ ނިޝާނެއް ހުއްޓެވެ. ނަމަވެސް އެ ކަންބަޅި ސަލާމަތްކުރުމަށްފަހު އަނބުރާ އޭގެ ކަނބަޅި އައިނަށް އަލުން ކަނބަޅި ދޫކޮށްލާފައިވާކަަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް