
ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ މިމަހުގެ 18 ވަނަދުވަހުގެ ހެނދުނުއެވެ. އެ ހާދިސާ ހިނިގިތާ ހަފްތާެއެއް ފަހުން ޔުމްނު އިތުރު ފަރުވައަށް މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު މެލޭޝިޔާއަށް ޔުމްނު ގެންދިޔައިރުވެސް އޭނާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަބީ ބުނެފައެވެ.
ޔުމްނުގެ ހާލަތާއި ގުޅޭގޮތުން ހެޔޮއެދޭ ފަރާތްތަކުން ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބު ދެމުން ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނަށް ފެންނަ ފެނުމަށް މާބޮޑު ކުރިއެރުމެއް ނުލިބުނަސް ޔުމްނު އަށް ބޭނުންވާ އަރާމު ލިބޭކަމަށެވެ. އަދި ސާޖަރީއަކަށް ވަރަށް އަވަހަށް ދާނެކަމަށް ޑޮކްޓަރުންނާއި ހަވާލީ މުއުމިން ބުނިއެވެ.
ޔުމްނުގެ ހާލު ބަލަން މެސެޖުކޮށް ހަދާ އެންމެންނަށް އަދި ހެޔޮ ދުއާ ފޮނުވާ އެންމެންނަށް އެ އާއިލާގެ ފަރާތުން ޝުކުރު އަދާކުރާ ކަން މުއުމިން ވަނީ ބުނެފައެވެ.
ޔުމްނުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ކުރިން ބުނިނަމަވެސް އެ ހަރަދުތައް އެއްކޮށް ހަމަޖައްސާދީފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އެހެންކަމުން ހެޔޮ އެދޭ ފަރާތްތަކުން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި އެހީގެ ގޮތުންގައި ޔުމްނުގެ ފަރުވާއަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައެވެ.