ads
މެލޭޝިއާގެ ބަޖާޔާ ކޯޕަރޭޝަނަށް ރައީސްގެ ދައުވަތު
ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ބަޖާޔާ ކޯޕަރޭޝަނަށް ރައީސްގެ ދައުވަތު
ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ބަޖާޔާ ކޯޕަރޭޝަނަށް ރައީސް މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
Advertisement

މިކަން ހާމަވީ ބަޖާޔާ ކޯޕަރޭޝަން ބަހާދްގެ ފައުންޑާ އަދި އެޑްވައިޒަރު ވިންސެންޓް ޓަން ޗީ ޔިއޫން، ރައީސް މުއިއްޒާ މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރެވުނެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކަށް ރާއްޖެ އޮތީ ހުޅުވާލާފައި ކަމަށާއި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ބަޖާޔާ ކޯޕަރޭޝަން ބަހާދްގެ ފައުންޑަރު ވަނީ އެ ކޯޕަރޭޝަނުން މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކުގެ ތަފްސީލް ރައީސް މުއިއްޒާ ހިއްސާކުރައްވާފައެވެ. އަދި އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންވެސް ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއިތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ވަޔާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ބެހޭގޮތުންވެސް މައުލޫމާތު ދެވުނެވެ. ބަޖާޔާ ކޯޕަރޭޝަންގެ ފަރާތުން ފައުންޑަރުގެ އިތުރުން ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ސަޔެދް އަލީ ޝަހުލް ހަމީދުއާއި އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެންވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް