ads
ރައީސް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓުކަން އެރުވުން
ރައީސް މުއިއްޒަށް މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފިއެވެ.
Advertisement

މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

އެ ޔުނިވަސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސަށް އަރުވާފައި ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްއެވެ. އެ ޝަރަފު ރައީސަށް އެރުވީ އެ ޔުނިވަސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ. މިއީ އިސްލާމީ އުސޫލުތައް ހިފެހެއްޓުމާއި ގަވަނަންސްގެ ދާއިރާގައި އެމަނިކުފާނު ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވުމުގެ ގޮތުން އެ ޔުނިވަސިޓީން އެރުވި ޝަރަފެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވަސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަށް މި ޝަރަފު އެރުވުމުގެ ފުރުސަތު ލިބުމަކީ ޔުނިވަސިޓީއަށް ލިބިގެންދިޔަ ޝަރަފެކެވެ. އެ ޔުނިވަސިޓީގައި 1990 ވަނަ އަހަރުން ފެށިގެން ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 380 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މި ޔުނިވަސިޓީން ދަސްވެނިވެފައިވެއެވެ. އޭގެ ތެރޭގައި ޑިގްރީ ކޯސްތަކާއި މާސްޓަސް އަދި ޑޮކްޓަރަލް ލެވެލްއަށް ކިޔަވާފައިވާ ދަރިވަރުން ހިމެނޭ ކަމަށް ޔުނިވަސިޓީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް