ads
އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
"ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ދަށުން އުރީދޫއިން ހައްޖާއި އުމްރާ ދަތުރު ހަދިޔާކުރަނީ
އުރީދޫ ރާއްޖެއިން 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ދަށުން ހައްޖާއި އުމްރާ ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 20 ދުވަހަކުން އުރީދޫގެ ކޮންމެވެސް އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަންގެ 20 ވަނަ އިނާމުގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބޭނެކަމަށް އުރީދޫގެ އެސިސްޓަންޓް މެނޭޖާ، ޕީއާރް ޝިއުނާ ހަމީދު ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ ހިދުމަތަކަށް 250 ރުފިޔާއިން މަތީގެ އަދަދެއް ހޭދަކުރަން ޖެހޭނެއެވެ. ރާސްޓަސް ކުރުން، ބިލް ދެއްކުން ނުވަތަ އެޑް-އޮންއެއް ގަތުން ފަދަ ކަންކަމަށް ފައިސާ ހޭދަކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

ޝިއުނާ ވިދާޅުވިގޮތުގައި "ލިވް އަންލިމިޓެޑް" އަކީ އުރީދޫގެ ފަރާތުން ކަސްޓަމަރުންނަށް ވެވޭ ވައުދެކެވެ. މިހާރު ކޮންމެ ކަމެއް ކުރުމަށްވެސް ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް ބޭނުންވާކަން ފާހަގަކުރައްވަމުން، ކިޔެވުމާއި މަސައްކަތު މާހައުލުގެ އިތުރުން ސްޓްރީމް ކުރުމާއި ގޭމް ކުޅުން ފަދަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކަށްވެސް އިންޓަނެޓް ބޭނުންވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި "އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ކަސްޓަމަރުންގެ ކަނެކްޝަން ރަނގަޅުކޮށް ލިބޭ ޑިޖިޓަލް ހިދުމަތްތައް ރަނގަޅު ކުރުމަށް" ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް