ads
ޕަރޭޝް ރަވާލް
އަމިއްލަ ކުޑަކަމުދާ ތަކެތި ބުއިން: ޕަރޭޝް ރަވާލް
އަމިއްލަ ކުޑަކަމުދާ ތަކެތި ބުއިމުން ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރޭޝް ރަވާލް ކަކުލުގެ އިންޖަރީއިން އަވަހަށް ރަނގަޅުވެފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
Advertisement

"ދަ ލަލަންޓޮޕް" އާއެކު ކުރި އިންޓަވިއުއެއްގައި ޕަރޭޝް ބުނީ 1990 ގެ އަހަރުތަކުގައި "ގަޓަކް" ފިލްމް ޝޫޓްކުރަމުންދަނިކޮށް ރަކޭޝް ޕާންޑޭއާއެކު ކުޅުނު ސީނެއްގައި އޭނާގެ ކަކުލަށް ބޮޑު އިންޖަރީއެއް ލިބުނު ކަމަށެވެ.

ޕަރޭޝް ބުނީ އޭނާ އެ އިންޖަރީއާ ގުޅިގެން ވަރަށް ބޮޑަށް ބިރުގަތް ކަމަށާއި، އޭނާގެ އެކްޓިން ކެރިއާ ނިމުމަކަށް އަތުވެދާނެ ކަމަށް ހީކުރި ކަމަށެވެ. އޭނާ ނަނަވަތީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވީރު ދޭވްގަން އޭނާއަށް ޒިޔާރަތްކޮށް، ކަކުލުގެ އިންޖަރީއަށް އަމިއްލަ ކުޑަކަމުދާ ތަކެތި ބުއިމަށް ލަފާދިން ކަމަށް ޕަރޭޝް ހާމަކުރިއެވެ. ވީރު ދޭވްގަން އޭނާގާތުގައި ބުނެފައިވަނީ ތަޅާ ފޮޅާ ހަދާމީހުން ވެސް އަނިޔާވުމުން އަމިއްލަ ކުޑަކަމުދާތަކެތި ބޯކަމަށެވެ. ބަނގުރަލާއި، ބަކަރި މަސް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ލަފާދިން ކަމަށް އޭނާ ހާމަކުރިއެވެ. 

ޕަރޭޝް ބުނީ އޭނާ 15 ދުވަހުގެ މުއްދަތަށް މި ފަރުވާ ކުރިއަށް ގެންދިޔަ ކަމަށާއި، އެއަށްފަހު ޑޮކްޓަރުން ކުރި އެކްސްރޭގައި އޭނާގެ ކަކުލުގެ އިންޖަރީ ރަނގަޅުވަމުންދާ ކަން ފެނުނު ކަމަށެވެ.

ޑޮކްޓަރުން ބުނެފައިވަނީ މިފަދަ އިންޖަރީއެއް ރަނގަޅުވާން އާންމުކޮށް 2 ނުވަތަ 2.5 މަސް ނަގާކަމަށާއި ނަމަވެސް ޕަރޭޝްގެ އިންޖަރީ ރަނގަޅުވީ 1.5 މަސް ތެރޭގައި ކަމަށް އޭނާ ބުންޏެވެ.  "ހީރާ ފެރީ" ފިލްމުން މަޝްހޫރުވި ޕަރޭޝް ރަވާލް މި ކަން ހާމަކުރުމާއެކު ގިނަ ސަޕޯޓަރުން ތިބީ އަޖައިބުވެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް