
ރިޔާސީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މެންދުުރު 1:00 ގައެވެ. ރިޔާސީ ކޮމިޝަންގެ ރަސްމީ އޮފީސް ހަދާފައިވަނީ ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީ ކުރިން ހިންގި އިމާރާތުގައެވެ. ކޮމިޝަންގެ ޕްރެސް ބާއްވަން ހަމަޖެހިފައިވަނީ އެތަނުގައެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވުމުން އިއްޔެ ވަނީ ކޮމިޝަނަށް ބަދަލި ގެންނަވާ އަލުން ކޮމިޝަން އެކުލަވާލައްވާފައެވެ.
ކޮމިޝަނުން ބާއްވާ ޕްރެސް މާދަމާ އޮންނަ ގަޑ ސާފެއް ނުވެއެވެ. އެހެންނަވެސް ކޮމިޝަންގެ ހުރިހާ މެމްބަރުން ނޫސްވެރިންނާއި ބައްދަލުކޮށް ތަހުގީގު ކުރިޔަށް ގެންދާގޮތް ހާމަކުރަން ނިންމާފައިވާކަން ވަނީ އެނގިފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އަލަށް އެކުލަވާލި ރިޔާސީ ކޮމިޝަން މެމްބަރުން
- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
- ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރު
މި ބަދަލާއިއެކުވެސް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓާނީ ޑރ. މުހައްމަދު މުނައްވަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒި އެކުލަވާލި ރިޔާސީ ކޮމިޝަނުން އިތުބާރު ނުކުރާކަމަށް ޔުމްނުގެ އާއިލާއިން ރޭ ވަނ|ީ ބުނެފައެވެ.