ads
މަސްވެރިން ފޮޓޯ ހަނީ އާމިރު
މަސްވެރިންެނަށް ބުރާސްފަތި ދުވަހުން ފެށިގެން ލޯނަށް ކުރިމަތިލެވޭނެ: މިނިސްޓްރީ
މަސްވެރިންނަށް ބުރާސްފަތި ދުވަހުން ފެށިގެން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
Advertisement

މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއެކު ލޯނަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ ކަމަށެވެ.

މި ލޯނަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލްއާއެކު މަސްވެރިކަމާ ބެހޭ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.

ބީއެމްއެލްއިން ބުނީ، މި ފަހުމުނާމާގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންވެސް ނެގޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް