
އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައި މިއަދު ނެރުއްވި ގަރާރުގައި ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ ވަނީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި އިތުރުކޮށްފަ އެވެ.
ހިރިނައިދޫއަކީ ނެއްލައިދޫ ކައިރީ އޮންނަ ގާތްގަނޑަކަށް 7.40 ހެކްޓަރުގެ ފަޅު ރަށެކެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިގުތިސޯދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސް އިއުލާންކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.