ads
އުރީދޫ ބިލްޑިންގް
އުރީދޫގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ 168 މިލިއަން ރުފިޔާ
އުރީދޫ މޯލްޑިވްސްއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 547 މިލިއަން ރުފިޔާގެ އާމްދަނީ ހޯދައި، 168 މިލިއަން ރުފިޔާގެ ސާފު ފައިދާ ނަގައިފިއެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ ހަތަރު ޕަސަންޓުން އިތުރުވެފައިވާ އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުނިން ހޯދި 554 މިލިއަން ރުފިޔާގެ އާމްދަނީން ސާފު ފައިދާގެ ގޮތުގައި ޖެހުނީ 162 މިލިއަން ރުފިޔާއެވެ.

އުރީދޫއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބަކީ ދިވެހި އާބާދީގެ 80 ޕަސަންޓަށް 5ޖީ ނެޓްވޯކު ފުޅާކުރުމެވެ. މީގެ އިތުރުން، ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފުކުރުމާއި، ރޯދަ މަހުގެ ތެރޭގައި "ރޯދައިގެ ނޫރު" އާއި "ކަރާ ފެޅުން" ފަދަ ކެމްޕެއިންތައް ކުރިއަށް ގެންދިޔުމަކީވެސް އެ ކުންފުނިން ކުރި މުހިންމު މަސައްކަތްތަކެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޚާލިދު ހަސަން އަލް ހަމާދީ ވިދާޅުވީ އުރީދޫއަކީ ކޮމިއުނިޓީ ފޯކަސްޑް ކުންފުންޏެއް ކަމަށާއި، ރައްޔިތުންނަށް ފަސޭހަތައް ލިއްބައިދިނުމަށް އިސްނަގައިގެން މަސައްކަތްކުރާ ކަމަށެވެ.މި ގޮތުން ހުޅުމާލޭގައި ހުންނަ އައްޝެއިޚް ގާޒިމް އައްތާނީގައި ޒަމާނީ އެއާ ކޮންޑިޝަނިން ސިސްޓަމެއް ހަރުކުރުމާއި، ޒަކާތު ފައިސާ ދެއްކޭނެ ނިޒާމު ހަމަޖެއްސުން ފަދަ ކަންކަން ކުރެއްވިއެވެ. އަދި އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތުގައި އުރީދޫއިން ދެމިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް