
މިކަން އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްއޭ އިން ބޭންކުތަކަށް މިދިޔަ އަހަރު 346 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ވިއްކާ 500 ޑޮލަރު ވެސް މި އަދަދުގެ ތެރޭގައި ހިމެނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާއިރު، މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 ޕަސަންޓު އިތުރު އަދަދެކެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރުމަށް އޮތް ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުންދާއިރު، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 ޕަސަންޓު ފަރާތުން މިހާރު ޑޮލަރު މާރުކުރަމުންދެއެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.