ads
ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް
އަރޭބިއަން ޓްރެވެލް މާކެޓުގައި ރާއްޖޭން ކާމިޔާބު ހޯދައިފި: ޓޫރިޒަމް މިނިސްޓަރު
އަރޭބިއަން ޓްރެވެލް މާކެޓުގައި ރާއްޖެއަށް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި އެޕްރީލް 28 އިން މޭ 1 އަށް ކުރިއަށްދިޔަ މި ފެއަރގައި ރާއްޖެއިން 110 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ މި ފެއަރގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި ޖީސީސީ ޤައުމުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަކީ ހައިއެންޑް ޓޫރިސްޓުން ކަމަށްވާތީ، އެ ފަރާތްތަކުން ކުރާ ހަރަދުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. އޭޓީއެމްގެ ހަވާސާގެ ތެރެއިން ރާއްޖެއިން ވަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންނާއި އެއަރލައިންތަކާ ބައްދަލުކޮށް ބައެއް ފަހުމުނާމާތައް އެކުލަވާލައި ސޮއިކޮށްފައެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަސައްކަތަކީ ރާއްޖެއަށް ޖީސީސީ ނުވަތަ މެދުއިރުމަތީގެ ޤައުމުތަކުން އިތުރު ޓޫރިސްޓުން ގެނައުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ރާއްޖޭގެ ސްޓޭންޑަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، ރިސޯޓުތަކަށްވެސް އުއްމީދުކުރި ވަރަށްވުރެ ގިނަ އެޕޮއިންޓްމެންޓްތައް ލިބިފައިވާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. ރާއްޖެއަށް މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި ފެއަރގެ ތެރެއިން ރާއްޖެއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ފެއަރތަކުގެ ތެރެއިން އަރަބިއަން ޓްރެވެލް މާކެޓަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް ފެއާ ކަމަށާއި، މި އަހަރު ރާއްޖެއިން 235 މަންދޫބުން މި ފެއާގައި ބައިވެރިވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް