ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ނުރައްކާތެރި ޖަރާސީމު އެރި ދެ ކުއްޖަކު އިތުރު ފުރުވާއަށް ބޭރަށް ގެންދެވޭތޯ ބަލަނީ
އައިޖީއެމް ހޮސްޕިޓަލުގެ ނިއޮނަޓަލް އިންޓެންސިވް ކެއާ ޔުނިޓު (އެންއައިސީޔޫ) އިން ނުރައްކާތެރި ޖަރާސީމެއް ފެނިގެން ފަރުވާ ދެމުންދާ ފަސް ކުދިންގެ ތެރެއިން ދެ ކުދިންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެކުދިން ރާއްޖެއިން ބެރަށް އިތުރުފަރުވާއަށް ފޮނުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
Advertisement

އައިޖީއެމްއެޗްގެ ކުޑަކުދިންގެ އައިސީޔޫ (އެންއައިސީޔޫ) ގައި ތިބި ބައެއް ކުދިންގެ ކިބައިން ބޭހަށް ނުގުޑާ ނުރައްކާތެރި ޖަރާސީމު (މަލްޓި-ޑްރަގް ރެސިސްޓަންޓް އޯގަނިޒަމްސް) ފެނިފައިވާކަމަށް އައިޖީއެމްއެޗުން ބުންޏެވެ. 

ޖަރާސީމު ފެނުނު ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ ދުވަސް ނުފުރާ ވިހެއި ކުދިނެވެ. 

ޖަރާސީމު ފުރަތަމަ ފެނުނީ މާޗު 27 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހު ޖަރާސީމު ވަނީ އިތުރު ހަތަރު ކުއްޖަކަށް ޖެހިފައެވެ. ނަމަވެސް ހާލު މިވަގުތު ބޮޑަށް ސީރިއަސްވީ ދެ ކުއްޖެއްގެއެވެ.  

މި ޖަރާސީމަކީ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ޔުނިޓްތަކުގައި އާންމުކޮށް ފެންނަ، އަދި ހާއްސަކޮށް ބަލިހާލު ދެރަ މީހުންނަށް ނުރައްކާތެރި އެއްޗެއްކަމަށް ހެލްތު މިނިސްޓްރީން ކުރިން ވެސް އަންގާފައިވެއެވެ.

އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި ޖަރާސީމު ފެނުމާއެކު ވަގުތުން އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތައް އަޅައި، ހާލަތު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އިތުރަށް މި ޖަރާސީމު ފެނިފައިނުވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ އިތުރުން، އެންމެހާ ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް