ads
އެމްފައިސާ މެދުވެރިކޮށް އިތުރު ޗާޖަކާ ނުލާ ގައުމުތަކަށް ވެސް ފައިސާ ފޮނުވޭ ޕްރޮމޯޝަނެއް
އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
Advertisement

ކަސްޓަމަރުންނަށް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އޮފާގެ ދަށުން އިތުރު ޗާޖަކާ ނުލައި 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވޭނެ އެވެ.

ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގެ ސަބަބުން އެމް-ފައިސާ ބޭނުންކުރައްވާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ހައދަންޖެހޭ ޕޭމަންޓްތައް ހެދުން ފަސޭހަވެ އަގުހެޔޮ ވެގެންދާނެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނީ ކިހިނެއް؟

  • ކޭޝް-އިން: އެންމެ ކައިރީގައި ހުންނަ އެމް-ފައިސާ އެޖެންޓަށް ޒިޔާރަތްކޮށް ޑޮލަރުން ފައިސާ ޖަމާކުރާށެވެ.
  • ޓްރާންސްފާ: އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ގެ ހިދުމަތް ހިޔާރުކުރައްވާށެވެ. އަދި "SEND MONEY" ހިޔާރުކުރައްވާ ފައިސާ ގެ އަދަދު ޖެއްސެވުމަށްފަހު ޕޭއައުޓް މެތަޑް ހިޔާރުކުރާށެވެ.
  • ޓްރެކް ކުރުން: އެޕް މެދުވެރިކޮށް ޓްރާންސެކްޝަން ސްޓޭޓަސް ފަސޭހައިން މޮނިޓާ ކުރުވޭނެ އެވެ.

ގޯލްޑް ވޮލެޓްގައި ދުވާލަކު 10000 ޑޮލަރާ ހަމައަށް ގިނަވެގެން ފަސް ޓްރާންސެކްޝަން ޓްރާންސްފާ ކުރެވޭއިރު ސިލްވާ ވޮލެޓްގައި ދުވާލަކު 3000 ޑޮލަރާ ހަމައަށް ގިނަވެގެން 10 ޓްރާންސެކްޝަން ޓްރާންސްފާ ކުރެވޭނެ އެވެ.

އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ މަނީގްރާމް އާއި ގުޅިގެން ދެވޭ ހިދުމަތެކެވެ. މި ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު ވަނީ ފަހިވެފަ އެވެ. މި ތައާރަފް ކުރެވުނު އޮފާއާއެކު ރާއްޖެއިން ބޭރަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް