ads
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޕްރެސް ކޮންފަރެންސްގައި
ޕާސްޕޯޓު މަނާކުރީ ޕަލަސްތީނު ހައްގުގައި ތިބިކަން ޔަގީންކޮށްދޭން: ރައީސް
ފަލަސްތީނު ހައްގުގައި ތިބިކަން ޔަގީންކޮށްދިނުމަށްޓަކައި ޕާސްޕޯޓު މަނާކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މި ވާހަކަ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ދަތިވެފައިވަނީ ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރަން ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްތުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލުމުން ކަމަށެވެ. ބައެއް ކުންފުނިތަކުން އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސަންޓުން ފައިދާ ނަގަމުން ދިޔަ ކަމަށާއި، އެ ކަން ހުއްޓުވުމަށްޓަކައި ބޭހުގެ އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކެޕްކުރީ ކަމަށް ރައީސް ވިދާޅުވިއެވެ.

your imageރައީސް މުއިއްޒު ފަލަސްތީނުގެ ދިފާއުގައި ވާހަކަދައްކަވަނީ: ފޮޓޯ ރައީސް އޮފީސް 

އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ހުށަހެޅި ބިލު ވަނީ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ފާސްކޮށްފައެވެ. 

ބިލު ހުށަހެޅިތާ 300 އަށް ވުރެ ގިނަ ދުވަސް ފަހުން، ބިލު ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއިން ބިލް ފާސްކުރިއިރު ބަދަލުތަކެއް ގެނައެވެ. އެއީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަނި ރާއްޖެ އެތެރެވުން މަނާވާ ގޮތަށެވެ.

މި ގޮތަށް ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.

ނަމަވެސް އެ ބިލު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.

އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލަށް ވޯޓު ދިނެވެ. އެ ބިލު ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް