ads
ރައީސް މުއިއްޒާއި ރައީސް ޔާމީން
ޔާމީނަށް ކުރީ ސިޔާސީ ދައުވާ، އެ ދައުވާ ނެގުން އެއީ ޕީޖީގެ ކަމެއް: ރައީސް
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް އަދިވެސް ގަބޫލުކުރައްވާކަމަށައި އެކަމާއި މެދު ގޮތެއް ނިންމުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ދުވަސްތަކަށްފަހު ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންވަނީ ކުރީގެ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. އެގޮތުން ރައީސް ޔާމީނަށް ކުރަނީ ސިޔާސީ ދައުވާއެއްކަމަށް މިހާރު ގަބޫލުކުރައްވަންތޯއާއި އެ ދައުވާ ސަރުކާރުން ނުނަގަނީ ކީއްވެތޯ ނޫސްވެރިންވަނީ ރައީސް މުއިއްޒާއި ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމިނަކީ އެމަނިކުފާނުން ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއްކަމަށާއި އަދި ރައީސް ޔާމީނަށް އެންމެ އިހްލާސްތެރި ބޭފުޅަކީވެސް އެމަނިކުފާނުކަމަށެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް މި ސަރުކާރުން ސިޔާސީ ދައުވާއެއް ނުކުރާކަމަށާއި ޕީޖީއަކީ މިނިވަން ފަރާތެއްކަމަށެވެ. 

ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއް ކަމަށެވެ.

" ސަރުކާރަކުން ނުކުރަން ރައީސް ޔާމީންގެ މައްޗަށް އެއްވެސް ދައުވާއެއް. ޕީޖީއަކީ މިނިވަން މުވައްސަސާއެއް...... އަޅުގަނޑުގެ ފަރާތުން ސިޔާސީ ޕްރެޝަރެއް ނުދާނެ، ސަރުކާރުގެ އެއްެސް މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ސިޔާސީ އެންގުމެން ނޫނީއްޔާ ޕްރެޝަރެއް ނުދާނެ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާއެއް ކުރާކަށެއް އިނގޭތޯ. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ރައީސް ޔާމީންގެ މައްޗަކަށް ނާންނާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

 ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް މިހާރު އެ ހުންނެވީ މި ސާރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނު ފޯރުވާތީކަމަށެވެ. 

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ރައީސް ޔާމީނާ ދެކޮޅަށް ކުރީ ސަރުކާރުގެ ދުވަސްވަރު ކޯޓަށް ހުށަހެޅި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑު އެހުންތައް އަނެއްކާވެސް ވަނީ ފަށާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް