
ޓްއަރިޒަމް މިނިސްޓަރުކަމުން އިބްރާހިމް ފައިސަލް ކުއްލިއަކަށް ވަކިކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަދުވަހުއެވެ. ފައިސަލް ވިދާޅުވީ އޭނާ މަގާމުން ވަކިކުރިކަން އެނގިވަޑައިގަތީ އެދުވަހު އޮފީހަށް ނުކުތުމުންކަމަށާއި ސަބަބެއް ނޭނގޭކަމަށެވެ.
މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފައިސަލް ބަދަލުކުރީ ގާނޫނު އަސާސީ ލިބިދޭ ބާރާއި އިހްތިޔާރުގެ ދަށުުން އެވަގުތަށް ގެންނަ ފެންނަ ބަދަލު ގެނައީކަމަށެވެ.
ފައިސަލް ވަކިކުރީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި އޮތް ގުޅުން ގޯސްވެގެންކަމަށް ދެކެވޭ ވާހަކަތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ އަބްދުއްރަހީމާއި އެއްވެސް މައްސަލައެއް ނެތްކަމަށެެވެ.
އަބްދުއްރަހީމް ވަނީ އެމަނިކުފާނާއި ރައީސް ޑރ. މުއިއްޒާއި އޮތް ގުޅުން ހީނަރުވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ވެރިކަން ފެށިގެން އައިއިރު ރައީސް ޑރ. މުއިއްޒާއި އެކު އޮތް ގުޅުމާއި އިތުބާރު އޮތްނަމަ ފައިސަލް މަގާމުން ވަކިނުކުރާނެކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.