ads
ހޫތީ ހަނގުރާމަވެރިންނަށް ސަޕޯޓުކޮށް ޔަމަނުގައި ބޭއްވި އެއްވުމެއް
ޔަމަނުން އިޒްރޭލަށް މިސައިލު ހަމަލާތަކެއް ދީފި
ހުކުރު ދުވަހު ޔަމަނުން ފޮނުވި ބެލިސްޓިކް މިސައިލުތަކެއް އިޒްރޭލުން ވައްޓާލާފައިވާކަމަށް ބުނެފިއެވެ.
Advertisement

މި ފަދަ ތިން ހަމަލާއެއް ފާއިތުވީ 24 ގަޑިއިރު ތެރޭގައި ޔަމަނުން އައިސްފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަލާތަކުގެ ޒިންމާ ވެސް ހޫތީން ވަނީ ނަގައިފައެވެ. 

މި ހަމަލާތައް އަމާޒުވެފައިވަނީ އިޒްރޭލުގެ އުތުރު ސަރަހައްދުތަކަަށެވެ. އެ ސަރަހައްދުތަކުގައ ސައިރަން ވެސް އަޅާފައިވެއެވެ. އޭގެ ތެރޭގައި ހައިފާ ސަރަހައްދުވެސް ހިމެނޭ ކަމަށް އިޒްރޭލު ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވެއެވެ. މިސައިލް ވައްޓާލީ އިޒްރޭލުގެ އެއާ ސްޕޭސްއަށް ވަނުމުގެ ކުރިން ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިނުވާ ކަމަށް އިޒްރޭލުން ބުނެއެވެ.

ޔަމަނުގެ އީރާނަށް ސަޕޯޓު ކުރާ ހޫތީން ވަނީ މި ހަމަލާގެ ޒިންމާ ނަގައި، ރަމަތް ޑޭވިޑް މިލިޓަރީ އެއަރބޭސް އަދި ޓެލް އަވީވް ސަރަހައްދަށް އަމާޒުކޮށް ދެ މިސައިލް ދޫކުރި ކަމަށް ބުނެފައެވެ. ހޫތީ މިލިޓަރީ ސްޕޯކްސްމަން ޔަހްޔާ ސަރީ ބުނެފައިވަނީ މި ހަމަލާތައް ދިނީ ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ދެއްކުމަށް ކަމަށެވެ. އައިޑީއެފްއިން ބުނެފައިވަނީ މިސައިލް ވައްޓާލުމަށް މަސައްކަތްކުރި ކަމަށާއި، ނަމަވެސް ދެވަނަ މިސައިލެއް ދޫކުރިކަން ކަށަވަރުކޮށްފައިނުވާ ކަމަށެވެ.

ގައްޒާގެ ހަނގުރާމަ ފެށުނު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހޫތީން ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައެވެ. ހާއްސަކޮށް 2025 ވަނަ އަހަރުގެ މާރިޗު 18 އިން ފެށިގެން، އިޒްރޭލުން ގައްޒާގައި ހަނގުރާމަ އަލުން ފެށުމާއެކު، ހޫތީން ވަނީ 20 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް އިޒްރޭލަށް އަމާޒުކޮށް ދޫކޮށްފައެވެ. މި ހަމަލާތަކަކީ ހޫތީން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ސަޕޯޓުގެ ބައެއް ކަމަށް އެ އެ ޖަމާއަތުން ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް