
ނިރުމަލް ކަޕޫރު މަރުވީ ހުކުރު ދުވަހު މުންބާއީގެ ކޮކިލާބެން ދިރުބާއީ އަންބާނީ ހޮސްޕިޓަލްގައި އުމުރުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.
ނިރުމަލް ކަޕޫރުގެ ޖަނާޒާ ބޭއްވީ މިއަދު ހެނދުނު 11:30 ގައި މުންބާއީގެ ވިލެ ޕާލޭގައި ހުންނަ ޕަވަން ހަންސް ކްރިމޭޓޯރިއަމްގައެވެ. ޖަނާޒާގައި ކަޕޫރު އާއިލާގެ މެންބަރުންގެ ތެރޭގައި އަނިލް ކަޕޫރު، ސޯނަމް ކަޕޫރު، ޖާންވީ ކަޕޫރު، އަރުޖުން ކަޕޫރު، ހުޝީ ކަޕޫރު، ސަންޖޭ ކަޕޫރު އަދި ބޮނީ ކަޕޫރު ހިމެނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ވެސް ޖަނާޒާގައި ބައިވެރިވެ ތައުޒިޔާ ދެންނެވިއެވެ. އޭގެ ތެރޭގައި އަނުޕަމް ހެރު، ރާނީ މުހަރުޖީ، ކަރަން ޖޯހަރު، ޖެކީ ޝްރޮފް، ޖާވެދް އަހްތަރު އަދި ރަވީނާ ޓަންޑަން ހިމެނެއެވެ.
ކަޕޫރު އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިރުމަލް ކަޕޫރު މަރުވީ އާއިލާގެ މެންބަރުން ކައިރީގައި ތިއްބައި ހިތްހަމަޖެހުމާއެކު ކަމަށެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔައިރު ހަތަރު ދަރިންނާއި، 11 ކާފަ ދަރިންނާއި، ހަތަރު މުނިކާފަ ދަރިން ދުނިޔޭގައި ތިބިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ޖަނާޒާގައި ސޯނަމް ކަޕޫރު އަދި ޖާންވީ ކަޕޫރު ހިތާމައިގައި ކަރުނަ އޮހޮރުވި މަންޒަރު ފެނިގެން ދިޔައެވެ. ޖާންވީ ކަޕޫރުގެ ބޮއިފްރެންޑް ޝިހާރު ޕަހާރިޔާ ވެސް ޖަނާޒާގައި ބައިވެރިވިއެވެ.