ads
ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދުގެ ބަންދުން ދޫކޮށްލައިފިއެވެ.
Advertisement

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު  ހައްޔަރުކުރީ މިދިޔަ ބުރާސްފަތު ދުވަހުގެ ރެއެވެ. 

މި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ގެންދިޔުމުން ކްރިމިނަލްކޯޓުން ވަނީ  ބަންދަށް 3 ދުވަސް ޖަހާދީފައެވެ. ދައުލަތުން އެދުނި އެ ދެ މީހުން ބަންދަށް 15 ދުވަސް ޖަހާދިނުމަށެވެ. 

އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދުގެ ގާނޫނީ ވަކީލުން ބުނީ އެ ދެޒުވާނުންގެ މައްޗަށް ފުލުހުން އުފުލާފައިވާ ތުހުމަތުތަކަކީ ގާނޫަނށާއި ހިލާފަށް މުޒާހަރާއި ކުރުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންނަށް ހަމަލާދޭން އުޅުމުގެ ތުހުމަތުކަމަށެވެ. 

ޒުވާނުން ކުރަމުން އައި މުޒާހަރާގެ ތެރެއަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުގެެރޭ ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައި އެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއްވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް