
ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިރޭގެ 18:18 ހައިރުކަމަށެވެ،
މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެ މީހާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ކަމާއި ގުޅޭ އިދާރާތަކަށް ހިއްސާކޮށް އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.
މާލޭގައި ބާވެފައި ހުރި ބައެއް އިމާރާތްތަކުގެ ބެލްކަނީ މަހު މައްޗަށް ވެއްޓުމުހެ ހާދިސާ މީގެ ކުރިންވެސް ހިނގާފައި އެބަހުރިއެވެ. އެ ފަދަ ހާދިސާތަކުގައި މީހުން މުދަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް މީގެކުރިން ފުލުހުން ވަނީ ބުނެފައެވެ.
ބާވުމުގެ ސަބަބުން ތަޅާލަން ޖެހޭ 40 ވުރެ ގިނަ އިމާރާތް މާލޭގައި ހުރިކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.