ads
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ / ސަން
އިންޑިއާއާއެކު ހެދި އެއްބަސްވުން ސިއްރުކުރުން ދުސްތޫރާ ހިލާފު: އަބްދުالله ދީދީ
އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގެ ތަފްސީލު މަޖިލީހުގެ ކޮމިޓީތަކަށް އެކަނި ހިއްސާކުރުމުން ދުސްތޫރީ އިޖުރާއަތްތައް ފުރިހަމައެއް ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
Advertisement

ނިމި ދިޔަ ސަރުކާރުގައި އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ މިހާރު ވެރިކަންކުރާ ޕީއެންސީ އިދިކޮޅުގައި ތިބިއިރު ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާން ޖެހޭ ކަންތައްތައް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

"އިންޑިއާއާއެކު ހަދާ އެއްވެސް އެއްބަސްވުމެއް ސިއްރުކުރުމަކީ  ދުސްތޫރީ ނިޒާމް ތަންދޭ ކަމެއް ނޫން،" ކަމަށް ވެސް އޭނާ ވުދާޅުވިއެވެ. 

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އެ ބަދަލުތަކުގެ ފުރިހަމަ ތަފްސީލު މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރަން ޖެހޭނެކަމަށެވެ. އަޒާންގެ ޓުވީޓާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އިންޑިއާއާއެކު ހަދާ އެއްވެސް އެއްބަސްވުމެއް ސިއްރުކުރުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ތަންދޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްބަސްވުންތައް މަޖިލީހުގެ ކޮމިޓީއަކަށް އެކަނި ހުށަހެޅުމަކުން، ގާނޫނު އަސާސީން ލާޒިމްކުރާ ދުސްތޫރީ އިޖުރާއަތު ފުރިހަމައެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ކުރިން ޕީޕީއެމް/ޕީއެންސީން ވަރަށް ބޮޑަށް އަޑުއުފުލާފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އޭގެ ތެރެއިން ހައިޑްރޮގްރަފީގެ އެއްބަސްވުން ނިމުމަކަށް ގެނައިއިރު އެހެނިހެން އެއްބަސްވުންތަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލުތަކުގެ ތަފްސީލު އާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް