ads
އިސްވެރިންގެ ޓީމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވުމުގެ ތެރެއިން
ޓިކްޓޮކާއި ޔޫޓިއުބް މޮނިޓައިޒޭޝަން ރާއްޖެއަށް ގެނައުމަށް މަސައްކަތް ފަށައިފިން: ރައީސް
ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ޕްލެޓްފޯމްތަކުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށް ބޭނުންވާ ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ފައިސާ ޓްރާންސްފާ ކުރުމުގެ ނިޒާމުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތްތައް ކާމިޔާބު ވެއްޖެނަމަ، ރާއްޖޭގެ ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދާދި ފަހުން ރައީސް މުއިއްޒު ވަނީ ރާއްޖެ ވަޑައިގެންނެވި ޓިކްޓޮކްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މީސް މީޑިއާ އަދި ޕްރޮމޯޝަނަލް ކަންކަމުގައި އަދި ޑިޖިޓަލް އިކޮނޮމީގައި ޓިކްޓޮކްގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ޓޫރިޒަމް ޕްރޮމޯޝަން އަދި ޕޭމެންޓް ސިސްޓަމް އިތުރަށް ބޭނުންކުރެވޭނެ ގޮތްތައް ފަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް